އާސެނަލްގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރި ހޯދައި ޗެލްސީން ދެ ވަނަ ފަހަރަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޗެލްސީން އެންމެ ފުރަތަމަ ޔޫރޮޕާ ލީގު ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ. 

އަޒަރުބައިޖާނުގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ޗެލްސީއިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގަވެ. ޗެލްސީއަށް ލީޑު ނަގާދިނީ ޖިރޫޑްއެވެ. އޭގެ 10 މިނެޓު ފަހުން ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ. ޗެލްސީގެ ތިންވަނަ ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަޒާޑެވެ.

މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަލެކްސް އިވޯބީއެެވެ. އިވޯބީގެ ލަނޑަށް ތިން މިނެޓް ނުވަނީސް ޗެލްސީގެ ހަޒާޑް ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.

ޗެލްސީއަތުން ބަލިވެ ލީގު ގެއްލުމުން އާސެނަލްއަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އޮތް ހުރިހާ ދޮރެއް ބަންދުވީ އެވެ. އާސެނަލް މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *