ފ.މަގޫދޫ ޒުވާނުންގެ ކުލަބުން އިންތިޒާމުކޮށްގެން ފިތުރު އީދު މުނާސަބަތުގައި ކުޅިވަރު މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަގޫދޫ ޒުވާނުންގެ ކުލަބުގެ ފަރާތުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން އަހުމަދު ފަޒީލް ހަސަން ބުނީ، ފިތުރު އީދަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކުޅިވަރުގެ މުބާރާތްތަކުގައި ހިމެނޭ "އެލް 4 ކަޕް" މިއަންނަ މަހުގެ 5 ފެށިގެން އެމަހުގެ 10ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖުމްލަ 12 ޓީމާއިއެކު ކުރިއަށް ގެންދާ އެ ފުޓްސަލް ކަޕްގައި ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެކުލަބުން އެ މުބާރާތުގައި ބައިވެރިވުމަށް މުޅި ފ.އަތޮޅަށް ފުރުސަތު ހުޅުވާލިއެވެ. 

"އެލް 4 ކަޕް"ގައި ވަނީ މަގޫދޫއިން 6 ޓީމަކާއި، ނިލަންދޫއިން 4 ޓީމަކާއި އަދި ދަރަނބޫދޫއިން 2 ޓީމު ބައިވެރިވެފައެވެ. އެކަޕްގެ ޗެމްޕިއަން ޓީމަކަށް 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕްޓީމަށް 5000 ރުފިޔާ ދިނުމަށް އެކުލަބުން ވަނީ ނިންމާފައެވެ.

މިއަހަރުގެ "އެލް 4 ކަޕް"ގެ މެއިން ސްޕޮންސަރ އަކީ ފ.މަގޫދޫ ކައުންސިލް އިދާރާއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ފަޒީލު އިތުރަށް ވިދާޅުވީ، އެ ކުޅިވަރު މުބާރާތުގެ މަގުސަދަކީ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހި ކުރުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *