ދ.ކުޑަހުވަދޫގައި ހުންނަ މީރާގެ އޮފީސް ފަޅާލައިގެން، ތިޖޫރި ވަގަށް ނަގައިގެން ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ދ.ކުޑަހުވަދޫގައި ހުންނަ މިރާގެ އޮފީސް ފަޅާލައިގެން، ތިޖޫރި ވަގަށް ނަގައިގެން އެކަމުގެ ރިޕޯޓް މިއަދު ހެނދުނު 9:30 ހާއިރު ކޮށްފައިވާ ކަމަށެވެ. 

އެ ތިޖޫރީ ވަގަށް ގެންދިޔައިރު 1500 ރުފިޔާ އާއި 100 ޔޫއެސް ޑޮލަރު ހުއްޓެވެ. އޭގެ އިތުރުން 4682 ރެވެނިއު ސްޓޭމްޕާއި 50 އަހަރީ ފީ ސްޓިކާ އާއި 62،393 ރުފިޔާ ހިމެނޭ ހަތަރު ޗެކެއް ވެސް އެ ތިޖޫރީގައި އޮތެވެ.

އަދި އެ ވައްކަމުގެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *