އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 11 ރަށެއްގައި ބޭނުންކުރާނެ އެމްބިޔުލެންސް ގަތުމަށް އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ 61 ރަށެއްގައި ބަހައްޓާނެ އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށާއި އަދި ރާއްޖޭގެ 11 ރަށެށްގައި ބޭނުން ކުރާނެ އެމްބިޔުލެންސް ގަތުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހިލޭ އެހީއެއް ވެދީފައިިވާ ކަމަށެވެ. 

ހޮސްޕިޓަލުތަކުގަ އާއި ހެލްތު ސެންޓަރުތަކުގައި ބޭނުން ކުރުމަށް 11 އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ރުފިއާ ދީފައިވާއިރު، ފިޓްނަސް އިކިއުޕްމަންޓާއި، އެމްބިއުލާންސް ގަތުމަށް އިންޑިއާ ސަރުކާރުން ހަމަޖައްސާދީފައިވާ ފައިސާ އަކީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެކެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ ފަސް މަޝްރޫއަކަށް ޖުމުލަ 23.5 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ. އެމްބިއުލާންސްތަކާއި ފިޓްނެސް އެކިއުޕްމަންޓް ގަންނަން ބޭނުންވާ 15.7 މިލިއަން ރުފިޔާ ވެސް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިނުމުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން މިހާތަނަށް މި ވަނީ 39.2 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *