ކ.ކާށިދޫ ނެރުކައްޓަށް އެސްޓީއޯގެ ތެޔޮ ބޯޓެއް އުރިއްޖެއެވެ.
އެސްޓީއޯގެ ތެޔޮ ބޯޓް ފަރަށް އަރާފައިވަނީ ރޭ ވަގުތެއްގައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިހާރު ދަނީ، ފަރަށް އަރާފައިވާ ބޯޓް އެމްޕީއެލްގެ ޓަގެއް ބޭނުންކޮށްގެން ފުންކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެ ތެޔޮ ބޯޓަކީ ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ބޯޓެއް ނަމަވެސް، ތެޔޮ ލީކުވުމުގެ ނުރައްކަލެއް ނެތް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ....