މަޑުމަޑުން އިވެމުން ދަނީ ރާޅުތައް އައިސް ގޮޑު ދަށަށް ބީސާލާ އަޑެެވެ. އިތުރު އެއްވެސް އަޑެއް ބަޑެއް ނީވޭ ހަމަ ހިމޭން ގޮނޑުދަށުގައި އަހަރެން ހުރީ ރޯދަ ވީއްލުމަށް ތައްޔާރުވަމުންނެވެ. މީހުން ހޭލަމޭލިވެ އުޅެމުން ދާއިރުވެސް އެ ހިތްގައިމު ރާޅު މިއުޒިކުގެ އަޑަކަށް ނިމުމެއް ނާދެއެވެ. ދޮންވެލިގަނޑު މަތީގައި ދެކޮޅަށް ހިނގަހިނގާ އަހަންނަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ބަންގި ގޮވަން ވަގުތު ކުޑަތަންވުމުން މަޑުމަޑުން ކިއުއަށް ބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. ކިއު އޮތީ ދަމާލާފައެވެ. އަވަހަށް ދަރިފުޅު ގޮވައިގެން ގޮސް ކިއުއަށް އެރީމެވެ.

ހުޅުމާލޭ ބީޗް ސަރަޙައްދުގައި ހުންނަ "ފުޑް ބީޗް ކެފޭ" ގެ ތަފާތު ފެންނަން ފެށި ދެނެވެ. ކިއު ފަހަތުގައި ހުއްޓިލައިގެން ހުރިއިރު ފެންނަމުން ދިޔައީ ލައިވް ބާބަކިއު ޖައްސާފަ ހުރި މަންޒަރެވެ. ހިންދިރުވާލުމަށްފަހު އަވަސްވެގަތީމެވެ. ކުރިޔަށްވުރެ ބޮޑަށް ކާ ހިތްވިއެވެ. ކއިރު ދިގު ކަމުން ބައެއް ފަހަރު އަވަހަށް ދެވޭނެ ގޮތެއް ނެތްބާއޭ ހިތަށް އަރައެވެ. ކިއު ތަރުތީބުން ގޮސް ލައިވް ބާބަކިއު ޖައްސަމުން ދިޔަ ޝެފް ކައިރީގައި މަޑުކޮށްލީމެވެ. ކުކުޅު، ސޮސެޖް، ފަރުމަސް އަދި ބީފުތައް ހުރީ ރަނގަޅަށް ފިހެލާފައެވެ.

ތަށީގެ ދެބައިކުޅަ އެއްބަޔައި ފޮރުވާލީމެވެ. އެންމެ ކާ ހިތްވާ ގޮތަށް މަސްވެސް ހުރީ ހަމަ ހޫނުކަން މަތީގައެވެ. ހުރެވޭ ވަރުވެސް ނުވެއެވެ. ރަނގަޅަށް ތަށި ބަރާކޮށްލައިގެން ގޮސް އަތިރިމަތީގައި ހުރި މޭޒެއްކައިރީގައި ޖައްސާލީމެވެ. "ބައްޕާ! ބަންގި ގޮވާކަށް ނޫޅޭތަ؟" ދަރިފުޅު އަހާލުމާއި ބަންގީގެ އަޑާއި ދިޔައީ އެކުގައެވެ. ބަންގި ގޮވަން ފެށުމުން، ވަރަށް ރަނގަޅަށް ކާލެވުނެވެ. ފިހެފައި ހުރި މަސްތައް އެހާ މީރެވެ. ދެންހުރި ކާނާތަކުގެ ރަހަތައްވެސް ވަރަށް މީރެވެ. 

އެންމެ ހަމަހިމޭން ގަޑީގައި އިވެމުން ދިޔަ ހިތްގައިމު ގުދުރަތީ އަޑުތަކުގެ ތެރޭގައި ކިތަންމެ ގިނަ އިރަކުވެސް ހުރެވިދާނެއެވެ. އާއެކެވެ. ރަހަވެސް މީރެވެ. ރަހަ ތަފާތެވެ. ލައިވް ބާބަކިއުން ފިހެލާފައިވާ މަސްތައް ކާނެ ވަރަކަށް ކާންވީއެވެ. ހިތްގައިމު ހިތްފަސޭހަ މާހައުލެކެވެ. ގުދުރަތީ ރީތިކަން ވަށައިގެން ފެންނަ މާހައުލެކެވެ. 

ހުޅުމާލޭ ބީޗް ކެފޭގެ މެނޫވެސް ހުރިހާ ރަހަތަކަކާއި ގުޅެއެވެ. ބޮލަކަށް -/185 ދައްކާލައިގެން ރޯދަ ވީއްލަން ދާން މިއީ ރަނގަޅު ތަނެކެވެ. ޖަޒީރާވަންތަ ރޯދަ ވީއްލުމެއް ކަށަވަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *