އައްޑޫ ސިޓީގެ ހިތަދޫގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫގެ ފަޒާ ކައިރިންކަމަށާއި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެކްސިޑެންޓްވި ކާރުގެ ކަނާތް ފަރާތުގެ ލޯގަނޑާއި ސައިކަލްގެ ކަވަރުބައި ވަނީ މެދުން ފެށިގެން ހަކާލުވެފައިކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އެ އެކްސިޑެންޓްގައި ކާރު ދުއްވި ފިރިހެންމީހާގެ އަތުގައި ލައިސަންސް އޮތް ނަމަވެސް ސައިކަލް ދުއްވި ފިރިހެންމީހާގެ އަތުގައި ލައިސަންސް އެއް ނޯންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ މައްސަލަ ދަނީ އިތުުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.