ފަރީދީ މަގުގައި ހުރި ގެއެއްގައި ހުރޮ ގަހެއްގެ ގޮފިގަނޑެއް ނޮވެލެޓީ ބުކްޝޮޕް ކުރި މައްޗަށް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފަރީދީމަގުގައި ހުރި ގެއެއްގައި ހުރި ގަހެއްގެ ގޮފިގަނޑެއް ނޮވެލިޓީ ބުކްޝޮޕް ކުރި މައްޗަށް ވެއްޓިގެން މީހަކަށް އަނިޔާވެގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް މިއަދު 11:57 ހާއިރު ކޮށްފައިވާ ކަމަށެވެ.

އަދި އެގަހުގެ ގޮފިގަނޑު ވެއްޓުމުގެ ސަބަބުން، އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ބައެއް ސައިކަލްތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެހާދިސާގައި ގެއްލުންވި ބަންގްލަދޭޝް މިހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *