އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރެއްވުމަށް ދައުވަތު އެރުވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު މަޖިލީހަށް ހާޒިރުވި 80 މެމްބަރުންގެ އިއްތިފާގުން ވަނީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރުކުރައްވަން ދައުވަތު އެރުވުމަށް ފާސްކޮށްފައެވެ.

މިއަދު ހެނދުނު ބޭއްވި ނަވާރަ ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާގައި މޯދީގެ ތަގުރީރުކުރެއްވުމާއި ގުޅޭގޮތުން، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއާއެކު ރޭ މަޖިލީހުގެ ރައީސްކަމަށް އިންތިހާބު ކުރެވުނު މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށުހެޅުމަށް ކުރިއަށް ގެންދިއަ ބަހުސްގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ އެކަމަށް ތާއީދުކުރައްވައިފައެވެ.

އެ ބަހުސްގައި ވާހަކަދެއްކެވި އިދިކޮޅު ހުރިހާ މެންބަރުންވެސް އެ ހުށަހެޅުމަށް ވަނީ ތާއީދު ކުރައްވައިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *