ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރެއް ކަމުގެ މަގާމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއިން ފާސްކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމަށް ގެންނަ މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ ތަނަވަސް އަގުލަބިއްޔަތަކުންނެވެ. ޖޭއެސްސީގެ މެމްބަރުކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އައްޔަނުކުރުމަށް  81 ވަނީ ވޯޓް ދެއްވާފައެވެ.

ހިސާންގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ، މަރަދޫދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ހިސާންގެ ނަންފުޅަށް ތާއީދު ކުރެއްވީ، ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބެވެ. އިލިޔާސް ލަބީބުގެ އިތުރުން އެހެންބައެއް މެންބަރުންވެސް ހިސާންގެ ނަންފުޅަށް ވަނީ ތާއީދު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރެއް ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ވެސް ހުށަހަޅުއްވާފައިވަނީ ހިސާންގެ ނަން އެކަންޏެވެ.

ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *