މިހާރު ރައްޖެއަށް ކުރަމުންމިދާ ވިއްސާރައިގަ، ދ.މަކުނުދޫއަށް ވައިގަދަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ރޭ ފަތިހުން ފެށިގެން ދ.މަކުނުދޫއަށް ކުރަމުން ދާ ވިއްސާރައިގަ ވައިގަދަވުމުގެ ސަބަބުން އެރަށުގެ ދެ ގެއެއްގެ ފުރާޅުގެ ޓިނުތައް ވަޔާއި އުކާލާފައިވާ ކަމަށެވެ. އަދި އެރަށު ސުކޫލުގެ ފާރު މައްޗަށް ގަހެއް ވެއްޓިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކުރީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ. 

މަކަނުދޫއަށް ކުރަމުންދާ ވިއްސާރައިގަ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެރަށު ރައްޔިތުންނަށް ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *