އެމްޓީސީސީގެ ބަހަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު 9:07 ހާއިރު ގްރޭޓަރ މާލޭ ބަސް ޓާމިނަލުން ނިކުމެގެން އައި އެމްޓީސީސީގެ ބަހަކާއި، ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ބައިސްކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ބަސް ދުއްވަން އިނީ ލައިސެންސް އޮތް ފަރާތެއް ކަމަށާއި، އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.