މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގަ މާލޭގެ ވެސްޓް ޕާކް ސަރަހައްދުގައި ފެން ބޮޑުވެގެން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.
މިދުވަސްކޮޅު މާލެއަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ދަނީ ވިއްސާރަކުރަމުންނެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް ވައިޓް އެލާޓް ނެރެފައެވެ.
މޫސުން ގޯސްވާނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.