ނ.އަތޮޅުން ފެށިގެން ލ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭތީ، ނ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ، މިއަދު 11:00 ފެށިގެން ހަވީރު 15:00 އަށެވެ.

މެޓުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސަރާކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *