އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
އަންނަ ހުކުރު ދުވަހު މައްކާގައި އޮންނަ އެ ސަމިޓުގައި އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެޑައިގަންނަވާއިރު، އެސަމިޓްގައި ރައީސް ޞާލިހް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން ވަނީ ވޭތުވެދިޔަ ހުރިހާ އަހަރަކުވެސް އޯއައިސީ ސަމިޓްގައި ބައިވެރިވެފައެވެ.
އޯއައިސީ ސަމިޓަކީ ސަޢުދީޢަރަބިއްޔާއާއިއެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް މަގުފަހިވެގެންދާ ފުރުސަތެއް ވެސް މެއެވެ. ރައީސުލްޖުމްހޫރިއްޔާ ސަޢުދީޢަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.