ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ)އަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ނަން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީއަށް ހިސާންގެ ނަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ، ޖޭއެސްސީގެ މެމްބަރަކަށް ހިސާންގެ ނަން ހުށަހެޅުމަށް، މިއަދު ފާސްކޮށްފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހިސާންގެ ނަން ފާސްކުުރުމަށް މެމްބަރުންގެ މެދުގައި، ފެންނަ ނުފެންނަ ވޯޓެއް ލާނެއެވެ.
މިއަދު ކުރިއަށްދިޔަ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރާއްޖެއަށް ކުރާ ޒިޔާރަތުގައި، މަޖިލީހުގައި ތަގްރީރް ކުރެއްވުމާއި ގުޅޭގޮތުން މެމްބަރުންގެ މެދުގައި ބަހުސް ކުރައްވާފައެވެ.