ޖުޑީޝަލް ސަރވިސް ކަމިޝަން(ޖޭއެސްސީ)ގެ މެންބަރުކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ނަން ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.

ހިސާންގެ ނަން ފާސްކޮށްފައި ވަނީ ޕީޖީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. 

ރައީސް ނަޝީދު ހައްޔަރުކުރުމުން، އެމަނިކުފާނު މިނިވަންވުމާ ހަމައަށް ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވައިގެން ހިސާން މަސައްކަތް ކުރެއްވެވިއެވެ.

އިނގިރޭސިވިލާތުގައި ގާނޫނީ ދާއިރާއިން މާސްޓާސް ފުރިހަމަ ކުރައްވާ އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ހިސާން އަމިއްލަ ލޯ ފާމެއްގައި މަސައްކަތް ފެއްޓެވީ 2007 ވަނަ އަހަރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު ގެނެސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރުމާއެކު އެމަނިކުފާނުގެ ދިފާއުގައި ވެސް މަސައްކަތް ކުރެއްވީ ހިސާންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *