މާލެއިން ހުޅުމާލެއަށް ދިޔަ މީހަކަށް އަނިޔާ ކުރުމަށްފަހު، އެމީހާ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެފިއެވެ.

މީޑިއާތަކަަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މާލެއިން ހުޅުމާލެއަށް ދަތުުރކޮށްފައި ދިޔަ އެމީހާ އަތުން ފޭރިގަނެފައިވަނީ، 15000 ޑޮލަރާއި އަދި 150000 ރުފިޔާކަމަށެވެ. އެމައްސަލަ ރޭ 00:05 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، އަދި އެމީހާއަށް ހަމަލާދީ ފައިސާތައް ފޭރިގަތީ، ހުޅުމާލޭ ސިޓީއޮންލައިން އޭސިއާ ކައިރިން ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ދެ ސައިކަލެއްގައި އައި ހަތަރު މީހުން، އެމީހާގެ ބޮލުގައި އަޅާފައި އިން ހެލްމެޓްގައި އެއްޗަކުން ޖަހައި، އެމީހާ ވައްޓާލުމަށްފަހު، ފައިސާތައް ފޭރިގަނެފައިވަނީ، އެމީހާގެ ސައިކަލުގެ މަޑި ހަލާކުކޮށްލައިގެން ކަމަށެވެ.

އެމައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *