ލީޑް ރޯލުން ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ ވަރުން ދާވަން އަދި ޝްރަދާ ކަޕޫރު ފެނިގެންދާ ފިލްމު "ސްޓްރީޓް ޑާންސަރ" ރިލީޒް ކުރާ ތާރީޚް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ، އަދި ރެމޯ ޑިސޯޒާ ޑައިރެކްޓް ކުރާ ފިލްމު ކުރިން ރިލީޒު ކުރާ ގޮތަށް އޮތީ، މިއަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހެވެ. ނަމަވެސް މިހާރު ރިލީޒް ކުރާ ގޮތަށް ހަމަޖެހިފައިވަނީ، މިއަންނަ އަހަރުގެ ޖެނުއަރީމަހުގެ 24ގައެވެ.

އިންޑިއާގެ އެންމެ ވަރުގަދަ ޑާންސް ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރާ "ސްޓްރީޓް ޑާންސާ" ސިނަމާތަކަށް ގެންނާނީ 3ޑީ ފޯމެޓްގައެވެ.

ސްޓްރީޓް ޑާންސަރގެ މުހިންމު ރޯލްތަކުން، ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ބަތަލާ ނޯރާ ފަތެހް ވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން ވެސް އެ ފިލްމުން އިންޑިއާ އާއި އިންޓަނޭޝަނަލް ގިނަ ނެށުންތެރިންތަކެއް ފެނިގެން ދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *