އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހުގެ 7ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާންކޮށްފައިވަނީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

މަޖިލީހުގެ މެންބަރުންނާއި މުޚާތަބުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ، ޖޫން މަހުގެ 7ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނޭކަމަށެވެ. އަދި މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު އެދިވަޑައިގަންނަވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އިންޑީއާއާއި ރާއްޖެއަކީ ޒަމާންވީ އެކުވެރިންނެވެ. އެގޮތުން ރައީސް ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައިވެސް އިންޑީއާގެ ބޮޑުވަޒީރު މޯދީވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *