ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިންތިހާބުކޮށްފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ކާމިޔާބު ކުރައްވާފައިވަނީ، 76 ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 9 މެންބަރުންނެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ހުށަހަޅުއްވާފައިވަނީ ހަމައެކަނި ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲގެ ނަންފުޅެވެ.
އިވާ އަބްދުﷲގެ ނަންފުޅު ހުށަހަޅުއްވާފައިވަނީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ނަމަށް ތާއިދު ކުރެއްވީ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ކާމިޔާބު ކުރައްވާފައިވަނީ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.