މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައީސްކަމަށް ހޮވި ވަޑައިގެންނެވީ 67 ވޯޓުންނެވެ. މާމިގލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދަކުރައްވާފައިވަނީ މާމަގިލި ދާއިރާގެ މެމްބަރުން ގާސިމް އިބްރާހިމް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.
މަޖިލީހުގެ ރައީސް ކަމަށް މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ނަމަށް ތާއިދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން ލަތީފް މުހައްމަދެވެ.
މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ނަމަށް ތާއިދު ކުރެއްވީ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ، ދ.މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.