ހއ.ހޯރަފުށީ ގެއަކުން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހޯރަފުށީ ގެއަކުން އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިގެން އެމައްސަލަ ފުލުހަށް ރިޕޯޓް ކުރީ އިއްޔެ ރޭ 21:15 ހާއިރު ކަމަށެވެ.
އެމައްސަލައިގެ ރިޕޯޓް ލިބުމާއިއެކު ފުލުހުން ހިންގި ހާއްސަ ތަހުގީގުގެ ތެރެއިން މިހާތަނަށް 10،950 ރުފިޔާ ހޯދާފައިވާ ކަމަށެވެ. އަދި، އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހަން ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެެކެއްގެ ބަންދަށް 15 ދުވަސް އަނެއް ތިން މީހުންގެ ބަންދަށް ކޯޓުން ހަފްތާއެއް ޖަހައިދީފައިވާ ކަމަށެވެ.
މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ ދުވަސްކޮޅެކެވެ.