ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިރޭ 22:30 ބޭއްވުމަށް ނިންމައިފިއެވެ.
މިރޭ ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، ދ.މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް މެމްބަރުން ހޮވާނެއެވެ.
އެމްޑީޕީގެ ފަރާތުން ވަނީ މަޖިލީހުގެ ރައީސްކަމަށް ކުރީގެ ރައީސް ނަޝީދުގެ ނަން ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި ނައިބު ރައީސްކަމަށް އިވާ އަބްދުﷲގެ ނަން ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް ނަގާފައެވެ. 19ވަަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާނެއެވެ.