19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި މެމްބަރުން، އެ ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހުވާ ލައިދެއްވީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވިއިރު، ޖަލްސާ އަށް ވަޑައިނުގަންނަވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެކަނި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. މެމްބަރުން ހުވާކުރެއްވުމަށް މަޖިލިހުގެ އިދާރާގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވިދާޅުވީ، ގުރައިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ މެމްބަރު އިބްރާހިމް ރިޒާ މިވަގުތު އުމްރާއަކަށް ވަޑައިގެން ހުންނެވުމުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވޭ ކަމަށާއި، އޭނާއަށް ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

އެމްޑީޕީން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް ނަގާފައެވެ. 19ވަަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *