ގއ.ވިލިނގިލީގައި ހުންނަ އިންޖީނު ގޭގައި ހުންނަ މައި ޖަނެރޭޓަރު ހަލާކުވެ، އެރަށަށް ކަރަންޓް ދޫކުރުމުގައި ދަތިތަކާއި ކުރިމަތިވެ ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހަވީރު 17:00 ފެށިގެން، އެރަށުގެ އެކި ހިސާބުތަކުން ކޮންމެ 30 މިނިޓަކުން ދަނީ ކަރަންޓް ކެނޑެމުންނެވެ.
ވިލިނގިލިއަށް ކަރަންޓް ދިނުމުގައި ދަތިތަކާއި ކުރިމަތިވަނީ، އިންޖީނުގޭގެ 800 މެގަ ވޯޓުގެ ޖަނެރޭޓަރު ހަލާކުވުމުންނެވެ. މިހާރު އެރަށަށް ކަރަންޓް ދެމުންދަނީ، 800 އާއި 500 ކިލޯ ވޯޓުގެ ޖަނެރޭޓަރަކުންނެވެ.
މިއީ ރޯދަ މަހަށް ވެފައި، ކަރަންޓް ދޭތެރެ ދޭތެރެއިން ކެނޑެމުންދާތީ، އެރަށު ރައްޔިތުންނަށް ދަނީ ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ވަމުންނެވެ.
ވިލިނގިލީގައި ހުންނަ އިންޖީނުގެ ހިންގަމުންދަނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.