ބޭނުންވާ ތަކެތި:
* 2 ޖޯޑު ފާރޮށި ކުޑި
* 6 ބިސް
* 1 ދަޅު ގެރިކިރު
* 1 ސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
ބޮޑު ކަހަނބަކަށް ފާރޮށި ކުޑި، ބިސް، ގެރިކިރު އަދި ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
އެއަށްފަހު ޓްރޭގައި ކުޑަ މާޖިރީން ކޮޅެއް ހޭކުމަށްފަހު އެ ގިރާފަ ހުރި ބޯކިބާ ޓްރޭއަށް އަޅާލާށެވެ.
ބޯކިބާ ފިހެންލުމުގެ ކުރިން 150 ޑިގްރީގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލަންވާނެއެވެ. މި ބޯކިބާ ފިހެވޭނީ (150 ޑިގްރީގައި) 35 މިނެއްޓުން ފިހެވޭނެއެވެ.
ގޭސް އުނދުނުން ވެސް މި ބޯކިބާ ފިހެވޭނެއެވެ. އެގޮތަށް ފިހޭއިރު، އާދައިގެ ބޯކިބާ ފިހޭގޮތަށް، (ބޯކިބާ ފިހޭ ތަވައިގައި، މަތިޖަހައިގެން) އެއް ފުށް ފިހެވުމުން، ފުށުންޖަހައިފައި އަނެއް ފުށް ފިހެލާށެވެ.