އދ.މާމިގިއްޔަށް މަސުތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން މީހަކު މާމިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު 07:20 ހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު 37 އަހަރުގެ ފިރެހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ ބަލައި ފާސްކުރި ކުރުމުގެ ތެރޭގައި، އެމީހާ ލައިގެން ހުރި ޖިންސް ޖީބު ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން ވަނީ އިއްޔެ ކުޑަހުވަދޫގެ ގެއަކުންވެސް ފޮރުވާފައިހުރި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 78 ރަބަރު ޕެކެޓް ހޯދާފައެވެ.