ގއ.ދާންދޫއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ދާންދޫއިން ހައްޔަރުކުރި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދިޔަ މީހެއް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ދާންދޫ ޕޮލިސް ސްޓޭޝަނުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުން އެމީހާ ދިރިއުޅެމުންދިޔަ ގޭ ބަލައި ފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 114 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެރަށުން ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ. އަދި މިހާރު އެ މައްސަލަ ދަނީ ދާންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.