އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ ހުކުރު ދުވަހު މައްކާގައި އޮންނަ އެ ސަމިޓުގައި އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެޑައިގަންނަވާއިރު، އެސަމިޓްގައި ރައީސް ޞާލިހް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ވަނީ ވޭތުވެދިޔަ ހުރިހާ އަހަރަކުވެސް އޯއައިސީ ސަމިޓްގައި ބައިވެރިވެފައެވެ.

ރައީސް ޞާލިހްގެ އިތުރުން އެ ސަމިޓްގައި ބައިވެރިވެޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާފައެވެ.

މިއަހަރުގެ އޯއައިސީ ސަމިޓްގައިވެސް، އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *