ކުށްތަކާއި މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓުކުރުމަށްފަހު ފުލުހުންގެ އަތް މައްޗަށް އެ ކަންތައް ދޫކޮށްލުމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި މިވަގުތު ހުންނެވި މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ޢާންމުންނަށް ފުލުހުންގެ މައްޗަށް އިތުބާރުނުކުރެވޭކަން ޤަބޫލުފުޅުކުރެވޭ ޙާލުގައިވެސް ރައްޔިތުންނަށް އަމިއްލަ އަތް މައްޗަށް މައްސަލަތައް ނަގައި، ކުށްތަކުގައި އަމިއްލައަށް ގޮތް ކަނޑަނޭޅުމަށް ގޮވާލައްވާފައެވެ.

ހަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ފަރާތުން ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންމެންވެސް ޤާނޫނަށް އިހްތިރާމް ކޮށް އެއާއި އެއްގޮތަށް އުޅެން ޖެހޭނެކަމަށެވެ.

"އަޅުގަނޑުމެން އެންމެންގެވެސް މަސްއޫލިއްޔަތެއް ޤާނޫނާއި ޤަވާއިދުތަކަށް އިހްތިރާމްކުރުމަކީ." ހަމީދު ވިދާޅުވިއެވެ.

ހަމީދު މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން ރާއްޖޭގައި ހިނގައި ދިޔަ ހާދިސާތަކަށް ރިއާޔަތްކޮށެވެ. މިގޮތުން ކ.ދިއްފުށީގެ ރައްޔިތުން ނުކުމެ އެރަށުގެ ފިހާރަތަކުން ވައްކަން ކުރި މީހުންނާ މެދު އަމިއްލައަށް ގޮތެއް ނިންމަން ހިންގި ހަމަނުޖެހުންތަކާއި، ހުޅުމާލޭގައި ޒުވާނަކު ކުޑަދެފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގައިވެސް ޢާންމުންގެ ބަޔަކު ނިކުމެ އޭނާއާ މެދު ގޮތް ނިންމަން މަސައްކަތްކުރުން ފާހަގަ ކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.