ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އެސްއެމްއީ ބޭންކުން ދޫކުރާ "ކަނޑުފަޅުގެ ނަފާ" ލޯނަށް އެދުމުގެ ފުރުސަތު އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ.

ކަނޑުފަޅުގެ ނަފާގެ ލޯނަށް އެދުމުގެ ފުރުސަތު ކުރިން ހުޅުވާލައިފައިވަނީ މިމަހު 27 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެ މުއްދަތު އިތުރުކުރީ ސީދާ ކޮން ސަބަބަކާއި ހުރެ ކަމެއް ފިޝަރީސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ކަނޑުފަޅު ނަފާ ލޯނުގައި ދޫކުރަނީ ޖުމްލަ 3,084,000.00 ރުފިޔާ އެވެ. މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލުއި ލޯނު ދޫކޮށްދިނުމަކީ މިސަރުކާރުގެ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *