ބޮލީވުޑްގެ ކުޅަދާނަ ބަތަލް އަޖޭ ދޭވްގަންގެ ބައްޕަ ވީރް ދޭވްގަން މަރުވެއްޖެއެެވެ.

ވީރް ދޭވްގަން އިއްޔެ މަރުވެފައިވާއިރު، އޭނާ މަރުވީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާއިލާއިން ވަނީ ވީރް ދޭވްގަން ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބަލިކޮށް އުޅުނު ކަމަށް މީޑިއާތަކުގައި ބުނެފައެވެ.

ވީރް ދޭވްގަން މަރުވެފައިއެވަނީ އުމުރުން 85 އަހަރުގައެވެ. ވީރްގެ ޖަނާޒާ ބާއްވާފައިވަނީ މުމްބާއީގެ ވިލް ޕާލް ކްރިމެޓޯރިއަމްގައި ހޯމަދުވަހު ހަވީރުއެވެ. ވީރުގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު ބޮލީވުޑުގެ ގިނަ ފަންނާނުން ވަނި އެ ޖަނާޒާގައި ބައިވެރިވެފައެވެ.

ވީރް ދޭވްގަން 80 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައިވާއިރު ގިނަ އެކްޓަރުންގެ ސްޓަންޓް މޭންއެއްގެ ރޯލު އޭނާ ވަނީ އަދާކޮށްފައެވެ.

ވީރު ވަނީ އަޖޭގެ ދެފިލްމެއްގައި ވެސް މަސައްކަތްކޮށްފައެވެ. އެއީ "އިޝްގް" އަދި "ދިލްވާލޭ" އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *