އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފި އެވެ.

ސައުދީއަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ކުރެއްވި ޓުވީޓުގައިވަނީ، މި ކޮންފަރެންސްގައި އިސްލާމީ އުއްމަތަށް ދިމާވާ ގިނަ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއީ 14 ވަނަ ކޮންފަރެންސެވެ. މި ފަހަރުގެ ކޮންފަރެންސް ބާއްވަނީ މައްކާގަ އެެވެ.

ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވިވެޑައިގަތުމަށްފަހު މިނިސްޓާ ޝާހިދު މީގެ ކުރިން ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި ސައޫދީ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް ސައޫދީ އަރަބިއްޔާއަށް ވެދެވޭނެ އެހީއާ މެދު މަޝްވަރާރައް ވަނީ ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *