" ލާމު ގޮޅަ ރިހަ" އޭ ބުނުމުން ނޭގޭނެ ބައެއް މަދުވާނެއެވެ. އެހެންނަމަވެސް މި ގޮޅަ ރިހަ ތައްޔާރުކުރާނެ ގޮތް އިނގެނީ އޭތެ ތެރެއިން ވަރަށް ވެސް މަދު  ބަޔަކަށެވެ. އެހެން ކަމުން މިއަދު އަޅުގަނޑު ތިބޭފުޅުންނާއި ހިސާބަށް "ލާމު ގޮޅަ ރިހަ" ތައްޔާރުކުރާނެ ގޮތް ގެނެސްދޭނަމެވެ.

ގުޅަ ތައްޔާރުކުރަން ބޭނުންވާ ތަކެތި: 

  • 2 ޖޯޑު ފިޔާ
  • 3 ލޮނުމެދު
  • 1/4 ސައި ސަމުސާ އިނގުރު
  • 4 ހިކަނދި ފަތް
  • އަސޭ މިރުސް
  • ދިރި
  • ހިކިމިރުސް 
  •  ލޮނު 
  • ފެން 
  • 1/3 މޭޒުމަތީ ސަމްސާ ކާށި ހުނި
  • 1/1 ސަމްސާ ގިތެޔޮ މިރުސް
  • 2 ޖޯޑު ފަރުމަސް (މުގުރާފަ)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ ކިއުބްކޮށް ކޮށާލާށެވެ. ދެން މުގުރާފައި ހުރި ފަރުމަސް ފިޔަވާ ދެން ހުރި ބާވަތްތައް މިކްސާރ އަށް އަޅާ ރަނގަޅަށް ހިމުން ކޮށްލާށެވެ. އެއަށްފަހު ބޮޑު ކަނހަބެއްގައި އެއްކަލަ މުގުރާފައި ހުރި މަސްކޮޅާއި ތައްޔާރު ކުރި ޕޭސްޓަ ގަނޑު އެއްކޮށްލުމަށްފަހު އޭގެއިން ކުދި ގުޅަ ހަދާށެވެ. 

ރިހަ ތައްޔާރުކުރަން ބޭނުންވާ ތަކެތި: 

  • 1/4 ޖޯޑު ފިޔާ
  • ހިކަނދި ފަތް
  • ރާނބާ ފަތް
  • ގިތެޔޮ މިރުސް
  • 11/2 ޖޯޑު ފެން ކިރު
  • 1/2 ޖޯޑު ބޯ ކިރު
  • ތެޔޮ
  • ލޮނު
  • ދިވެހި ހަވާދު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ އަދި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮ ފޮދެއް އަޅާފައި އުނދުން މައްޗަށް އުދާށެވެ. ތެޔޮ ފޮދު ހޫނު ވުމުން ފިޔާ، ލޮނުމެދު، ހިކަނދި ފަތް އަދި ރާނބާ ފަތް އަޅާށެވެ. ފިޔާ ކޮޅު ރަތް ވުމުން ހަވާދު ކޮޅާއި ފެން ކިރު ފޮދު އަޅައިލާށެވެ. ރިހަގަނޑު ރަނގަޅަށް ކެކިގަތުމުން ގުޅަ އަޅާފައި 15 މިނެޓް ވަންދެން ކަށްކައިލާށެވެ. އެއަށްފަހު ބޯ ކިރު ފޮދު އަޅާފައި 2-3 މިނެޓް ވަންދެން ކައްކާލުމުން ގުޅަ ރިހަ ތައްޔާރުކުރެވުނީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *