މިއަހަރު ފެށުނު ފަހުން ފުރަތަމަ ފަހަރަށް މުދަލާއި ހިދުމަތުގެ އަގު (އިންފްލޭޝަން) މަތިވެއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.09 ޕަސެންޓަށް ދަށްވި އެވެ. އަދި ފެބްރުއަރީ މަހާއި މާރިޗު މަހުގައިވެސް ރާއްޖޭގެ އިންފްލޭޝަން ދަށްވިއެވެ. ނަމަވެސް މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.40 ޕަސެންޓް މަތިވެފަ އެވެ.

ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން މަތިވެފައިވަނީ ތެލުގެ އަގު މަތިވުމުގެ ސަބަބުންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ މިދިޔަ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިންފްލޭޝަން 0.40 ޕަސެންޓް މަތިވިއިރު، މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލާނަމަ މި އަދަދު އުޅެނީ 0.62 ޕަސެންޓު މަތީގަ އެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ މޭވާގެ ބާވަތްތަކުންނެވެ. އެގޮތުން މިބައިން 21.28 ޕަސެންޓް ވަނީ އުފުލިފައިވާއިރު، ދެން އަގުތައް އުފުލިފައިވަނީ ރެސްޓޯރެންޓް އަދި ކެފޭގެ ބައިންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ތަރުކާރީއާއި މަހާއި ބިހާއި ޗީޒްގެ އިތުރުން ގޯތިގެދޮރުގައި ބޭނުންކުރާ ހަރުމުދާ ހިމެނެއެވެ. އަދި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ސާމާނާއި، ވީޑިއޯއާއި އޯޑިއޯ ރެކޯޑްކުރުމާއި ޖެހުމަށް ބޭނުންކުރާ އާލާތްތަކުގެ ބައިންވެސް އަގުތައް ދަށްވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *