ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުހިމަނައި މި ސަރުކާރު ވެގެންދާނީ 5 ފަސެންޓް ހުދު ކާފޫރަށް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެެވެ. 

އެމްޑީޕީ ފަރާތުން މަޖިލީސްގެ ރައީސްގެ ގޮތުގައި ނެރޭ ފަރާތަކަށް ރައީސް ނަޝީދުގެ ނަން ފާސްވުމާއި އެކު މުސްތަފާ ފުރަތަމަ ކުރެއްވި ޓުވީޓުގައި ވަނީ މަޖިލީހުގެ ތަޅުމުގައި މެމްބަރުގެ ބަދަލުގައި ރައީސް ނަޝީދަށް "އިއްޒަތްތެރި ރައީސް" ވިދާޅުވެ މުޚާތަބް ކުރެވިފައިވާތީ އެކަމަށް ތައުރީފް ކުރައްވާފައެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ ރައީސް ނަޝީދު ނުހިމަނައި މި ސަރުކާރު ހިންގަން މަސައްކަތް ކޮށްފިނަަމަ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކްގެ ސަރުކާރަށްވި ގޮތް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރައް ދިމާވެދާނެ ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތަކުން ނެރޭނެ ފަރާތެއް ހޯދުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއިން ރައީސް ނަޝީދުގެ ނަން ފާސްކޮށްފައިވަނީ އެމްޑީޕީގެ ފުރިހަމަ އަޤުލަބިއްޔަތާއި އެއްކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *