ރައީސް ޞާލިހާއި މަޝްވަރާ ނުކުރައްވާ އެންމެ ދުވަހެއްވެސް ނުދާނެ ކަމަށާއި، އަބަދުވެސް ކަންކަމުގައި ރައީސާއި މަޝްވަރާ ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް ނަން ހުށަހަޅުއްވާނެ ބޭފުޅުން ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލުމަށް ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުން ހޮވިވަޑައިގެނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"އެންމެ ދުވަހެއްވެސް ނުދޭ ރައީސް ސޯލިހާ މަޝްވަރާ ނުކުރާ. އަބަދުވެސް ކޮންމެ ކަމެއްގައިވެސް ރައީސާ މަޝްވަރާ ކުރަން. ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުންގެވެސް އެންމެ ބޮޑު އަމާޒަކަށް ވާންވީ ސަރުކާރުގެ ވައުދުތައް ފުއްދުން." ނަޝީދު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ރައީސް ޞާލިހާއި އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި އަދި ތިއްބަވާނީ އެކުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި، އެ ބަހުސްތަކުގެ ތެރޭގައި ނޭދެވޭ ވާހަކަތަކެއް ވެސް ހިނގާ ކަމަށެވެ. ނަމަވެސް ހުރިހާ ބޭފުޅުންގެ ވެސް އަމާޒަކަށް ވާން ޖެހޭނީ ސަރުކާރުގެ ވައުދުތައް ފުއްދުން ކަމަށާއި ސާބިތުކަމާއެކުގައި ކުރިއަށް ދާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *