ލީޑް ރޯލުން ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމަށްވާ ސަލްމާން ޚާން އަދި ކެޓްރީނާ ކެއިފް ފެނިގެންދާ ފިލްމު "ބާރަތު"ގެ އިތުރު ޕްރޮމޯއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިފަހަރު ދައްކާލި ޕްރޮމޯގައި އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު، ސަލްމާން ފެންނަނީ އުމުރުން ދުވަސްވީ ލުކްގައެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ މި ފިލްމަކީ ގައުމާއި ވަތަނަށްޓަކައި ފިދާވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ބާރަތު" ބިނާކޮށްފައި ވަނީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަށެވެ.
"ބާރަތު" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.
"ބާރަތު" އިން ސަލްމާން އަދި ކެޓްރީނާގެ އިތުރުން ޑިޝާ ޕަޓްނީ، ނޯރާ ފަތެހީ، ޖެކީ ޝްރޮފް އަދި ސުނިލް ގްރޯވާ ފެނިގެންދާނެއެވެ.