ޚަބަރު
65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީ ކާޑެއް

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދާއިމީ އައިޑީކާޑަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ބުނެފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ވަނީ މައްސަލަ ހުށައަޅާފަ އެވެ.

އެ މައްސަލަ ދިރާސާކުރަމުން އަންނަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ނެޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށް، އެކަމާ ގުޅިގެން ނެޝަނަލް ރެޖިސްޓްރޭޝަނާ ހަވާލުވެ ހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުފް އަބްދުއްޣަފޫރު އަށް ސުވާލު ކުރައްވާފަ އެވެ. ޔޫސުފް ވިދާޅުވީ 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށާއި އޭގެ މަތީގެ މީހުންގެ މުއްދަތަކީ 10 އަހަރުގެ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ދޮށީ އުމުރުގެ ބައެއް މީހުންގެ އައިޑީކާޑު މުއްދަތު ހަމަވެ އާ ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުން ދާތީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތް ހަދަން ނިންމީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތަށް އަމަލު ކުރަންފަށާނީ ކޮން އިރަކުންތޯ ކޮމެޓީން ސުވާލު ކުރުމުން ޔޫސުފް ވިދާޅުވީ، ޑިޕާޓްމެންޓް އޮފް ރެޖިސްޓްރޭޝަނުން މިކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަރުދާހެއް ތައްޔާރުކޮށް މިހާރު ކެބިނެޓަށް ފޮނުވާފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އިތުރަށް ގޮތް ނިންމާނީ ކެބިނެޓުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top