ވިޔަފާރި
އެސްޓީއޯއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައްލަވައި ގަންނަވާ ‘ޕަޔަނިއާ’ ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް 90 ރުފިޔާ އަށް ލިބިގެން ދާނެ އެވެ. މިއީ އާންމު އަގުންނަމަ 108ރ އަށް ވިއްކަމުންއައި ސިމެންތި ބަސްތާއެކެވެ.

މިޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން 1500 ރުފިޔާ އަށް ވުރެއް މަތިން ވިޔަފާރި ކުރާ ކޮންމެ އެސްޓީއޯ ކަސްޓަމަރަކަށްވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީގެ ހިދުމަތް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަ ށެވެ.

އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top