އެމްޑީޕީގެ ފަރާތުން މަޖިލީސްގެ ރައީސް އަކަށް ނެރޭ ފަރާތަކަށް މަންޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ފާސްކޮށްފިއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން މަޖިލީސްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ރައީސް ނަޝީދުގެ ނަން ހުށަހަޅާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އެކަމަށް ތާއީދު ކުރެއްވީ، ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ.
އެމްޑީޕީން މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވުމަށް މިރޭ ބޭއްވި ޕާލިމަންޓްރީ ގްރޫޕްގެ ޖަލްސާއަށް ދިޔަ އިރު، މީސް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތަކުގައިވެސް ފެނިގެން ގޮސްފައިވަނީ ދެ މެމްބަރަކަށް ކެމްޕޭނު ކުރަމުން ދިޔަތަނެވެ. އެގޮތުން ރައީސް ނަޝީދު ތާއީދު ކުރެއްވާ ކެމްޕޭން ކުރައްވަމުން ގެންދެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމު ގެންނެވުމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވީ މަޖިލީހުގެ ރައީސަކަށް ތ. ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ގެންވުމަށެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސް ގެ ގޮތުގައި ވާދަކުރުމަށް ހޮވިވަޑައިގެންފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ފުރިހަމަ އަޤުލަބިއްޔަތާއި އެއްކޮށެވެ.