މިއަހަރު ދިވެހިން ހައްޖަށް ގެންދާ ބައެއް ޖަމާއަތްތަކުން ހައްޖާޖީންގެ އަތުން ނަގަން ޖެހޭ ވަރަށްވުރެ އިތުރަށް ފައިސާ ނަގާ އަޑުތަކެއް ފެތުރެމުންދާކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މިއަދު ޑރ މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މިގޮތަށް ހައްޖާޖީންގެ އަތުން ނަގަން ޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ނެގުމަކީ ނުހައްގުން ކުރެވޭ ކަމެއްކަމަށާއި، އެންމެން ގުޅިގެން އެކަންތައް ހުއްޓުވަން ޖެހޭކަމަށެވެ.

ޑރ. އިޔާޒު ވިދާޅުވީ މިފަދަ ޢަމަލެއް ބަޔަކު ކުރާނަމަ އިސްލާމިކް މިނިސްޓްރީއަށް ރިޕޯޓް ކުރެއްވުން އެދޭ ކަމަށެވެ.

"ހައްޖަށް ގެންދާ ބައެއް ޖަމާއަތްތަކުން ސިއްރިއްޔާތުގައި އިތުރަށް ފައިސާ ނަގާކަމުގެ ވާހަކަތެކެއް އެބަ ފެތުރޭ. މިގޮތަށް ނެގޭ ފައިސާތަކަކީ ނުހައްގުން ހައްޖާޖީންގެ އަތުން ނެގޭ އެއްޗެއް. މިފަދަ ކަންތައް ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ. އިސްލާމިކް މިނިސްޓްރީ އަށް ރިޕޯޓު ކުރައްވާ."

ހައްޖާޖީންގެ އަތުން ނުހައްގުން އިތުރަށް ފައިސާ ނަގާ ޖަމާއަތްތައް މަދުމަދުންނަމަވެސް ރާއްޖެއިންވެސް ފެނެއެވެ. މިފަދަ މީހުންގެ ކިބައިން ސަލާމަތްވެވޭނީ އެންމެން އެއްފަހަރާ އެކަންތައް ހުއްޓުވުމަށް އެއްބާރުލުން ދީގެންނެވެ. އަދި ރިޕޯޓުކުރަން ޖެހޭ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *