މިއަދު ހެނދުނު 8:00 އިން ފެށިގެން މެދުކެނޑުމެއް މެތި ތ އަތޮޅަށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން އެ އަތޮޅުގެ ހަތަރު ރަށެއްގައި ފެންބޮޑުވެއްޖެއެވެ.

ފުލުހުން ވުދާޅުވީ، މެދުކެނޑުމެއް ނެތި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެފައިވަނީ އެ އަތޮޅު ވޭމަންޑޫ، ތިމަރަފުށި އަދި ކިނބިދޫގެ އިތުރުން އޮމަދޫގައިކަމަށެވެ.

ވޭމަންޑޫގައި ފެންބޮޑުވުމުގެ ސަބަބުން އެރަށުން ފެން ބޭރުކުރަން ކޯރު ކެނޑުމުގެ މަސައްކަތް ފުލުހުންނާއި، ރައްޔިތުންގެ އިތުރުން ކައުންސިލުން ގުޅިގެން ދަނީ ކުރަމުންނެވެ.

އަދި ތިމަރަފުށިން ފެން ހިއްކުމުގެ މަސައްކަތް ޕަމްޕް ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކިނބިދޫގެ ހަތަރު ސަރަހައްދަކުން ފެން ބޭރުކުރުމަށް ފުލުހުންނާއި ރަށު ކައުންސިލުން ގުޅިގެން ކޯރު ކަޑާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ އޮމަދޫގައިވެސް ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، އެރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ފެންބޮޑުވި ހުރިހާ ރަށެއްގެ ގެތަކަށް ފެންވަނުނަ ނުދިނުމަށް ވެލިބަސްތާ ޖެހުމުގައި ފުލުހުންނާއި ރަށު ރައްޔިތުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *