ފ.ދަރަނބޫދޫގައި ހުންނަ އަތަމާގެއިން 4 ލައްކައެއްހާ ދިވެހި ރުފިޔާ ވަގަށް ނަގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އިއްޔެ މެންދުރު 14:03 ހާއިރު، ދަރަނބޫދޫ ގެ ގެއެއްގައި ފޮރުވާފައި ހުރި ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެފައިސާތައް ގެއްލިފައިވާކަން އެގޭ މީހުންނަށް އެނގުނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ އެގެއިން ގެއްލުނީ އެގޭ ތިން މީހަކު ހައްޖަށް ދިއުމަށްޓަކައި ފޮރުވާފައި ހުރި ގާތްގަނޑަކަށް 3 ލައްކަ ރުފިޔާ ކަމަށެވެ. ނަމަވެސް ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައ އެގެއިން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައެވެ.

އެމައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. 

ފުލުހުންް ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *