ބޮލީވުޑްގެ ކުޅަދާނަ ބަތަލް ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ، ފިލްމު "ސުޕަރ 30" މިއަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިލްމުގެ ޕްރޮޑަކްޝަން ހައުސް ރިލަޔަންސް އެންޓަޓައިނަމަންޓުން ވަނީ އެމީހުން ކުރި ޓުވީޓަކުން ބެލުންތެރިންނަށް އެކަން ޔަގީން ކޮށްދީފައެވެ.

"ސުޕަ 30" އަކީ އިންޑިއާގެ ކުޅަދާނަ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގެ ބަތަލާއަކީ މުރުނާލް ތާކޫރެވެ.

ކުރިން "ސުޕަރ 30" ރިލީޒް ކުރާ ގޮތަށް އޮތީ، ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި، ރިލީޒްކުރާ ތާރީޚް އަވަސްކުރީ، އެތާރީޚްގައި ކަންގްނާގެ ރަނާވަތުގެ ފިލްމު "މެންޓަލް ހޭ ކިޔާ" ރިލީޒް ކުރަން ނިންމީމައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *