ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ މައްޗަށް ފިސްތޯލައެއް ގެންގުޅުނު ކަމަށް ކުރާ ދައުވާގެ އިސްތިއުނާފަށް ގޮތެއް ކަނޑައެޅުން މިއަދު މެންދުރު 13:00 ޖަހާއިރު ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ފުރަތަމަ ކޯޓުން އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ތަވާލުކުރީ އިއްޔެއަށެވެ. ނަމަވެސް ކޯޓުން ވަނީ އިއްޔެގެ އަޑުއެހުން ކެންސަލްކޮށް މިއަދު ބޭއްވުމަށް ނިންމާފައެވެ.

އަދީބު ފިސްތޯލައެއް ގެންގުޅުނު މައްސަލައިގެ އެންމެ ފަހު އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެެވެ. އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *