ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި މުވައްޒަފުން ކާނާ ވިހަވަމުން ދާތީ، އެ މައްސަލަ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ތިން ރިސޯޓެއްގައި މުވައްޒަފުން ކާނާ ވިހަވި ތިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. 

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމާ ގުޅުންހުރި ތަންތަނުގައި ކާނާ ވިހަވާ މައްސަލަ ހުއްޓުވަން އެ މިނިސްޓްރީން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. 

މިނިސްޓަރ ވަނީ އެންމެ އިސްކަމެއް ދޭނީ ގަވައިދުތައް ތަންފީޒުކުރުމަށް ކަމަށްވެސް ވިދާޅުވެފައެވެ.
ކުރިން ރިސޯޓްތަކުގައި ކާނާ ވިހަވުމާއި ގުޅޭ މައްސަލަތަކަކީ ޓޫރިޒަމް މިނިސްޓްރީން ބަަަލާާ މައްސަލަތަކެއް ނޫނެވެ. އެމައްސަލަތައް އާއްމުކޮށް ބަލާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *