މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ އެ މިސްކިތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީންނަަށެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 10:07 ހާއިރު ކަމަށެވެ.
އަދި އަނިޔާވި ދެ ބިދޭސީންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، އެ ހާދިސާގައި އޭގެން މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިހާރު ފުލުހުން އަންނަނީ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.