މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި، މާލެއިން އެކަނިވެސް މިހާތަނަށް 2.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އިއްޔެ ނިޔަލަށް މާލެއިން އެކަނިވެސް 2,397,880.00 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާއަގެވެ.

ޒަކާތް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 1:00 އާހަމައަށެވެ. މާލޭގައި ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އަރަބިއްޔާ ސްކޫލު ހޯލްގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *